އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި 5-2 ގެ ބޮޑު ތަފާތަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ނިންމާލީ އެކިޓީކޭ، ވެންޑައިކް އަދި މެކަލިސްޓާ ޖަހައިދިން ލަނޑުތަކާއެކު 3-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސްޓް ހޭމްގެ ސޫޗެކް އަދި ކަސްޓެޔަނޯސް ލަނޑުތަކެއް ޖަހައި އުންމީދު އާކުރި ނަމަވެސް، ލިވަޕޫލްގެ ކޯޑީ ގެކްޕޯގެ ލަނޑާއި ވެސްޓް ހޭމްގެ ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ލިވަޕޫލުން ވަނީ މެޗުގެ ކާމިޔާބީ ކަށަވަރުކޮށްފައެވެ. މިއީ މި ސީޒަނުގައި ލީގު މެޗެއްގައި ލިވަޕޫލުން ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި މޮޅާއެކު ލިވަޕޫލް މިހާރު އޮތީ 48 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމުގައެވެ. ނަމަވެސް މެޗުން ބަލިވި ވެސްޓް ހޭމް އޮތީ 25 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައި، ރެލިގޭޝަން ޒޯނުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...