ބޭރުދުނިޔެ އީރާނުގެ އުދުވާނާ ގުޅޭގޮތުން ސައޫދީ ވަލީއަހުދު ސަރަހައްދީ ލީޑަރުންނާ މަޝްވަރާ ކުރައްވައިފި

އީރާނުގެ އުދުވާނާ ގުޅޭގޮތުން ސައޫދީ ވަލީއަހުދު ސަރަހައްދީ ލީޑަރުންނާ މަޝްވަރާ ކުރައްވައިފި

އީރާނުގެ އުދުވާނާ ގުޅޭގޮތުން ސައޫދީ ވަލީއަހުދު ސަރަހައްދީ ލީޑަރުންނާ މަޝްވަރާ ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ހޮނިހިރު ދުވަހު ސަރަހައްދީ ބައެއް ގައުމުތަކުގެ އިސްވެރިންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ސައޫދީ ޕްރެސް އެޖެންސީން (އެސް.ޕީ.އޭ) ރިޕޯޓްކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ، ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއާއި އިޒްރޭލުން އީރާނުގެ ބައެއް ސިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް ތެހެރާނުން ބުނުމަށްފަހު، ގަލްފުގެ ބައެއް އަރަބި ގައުމުތަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ވަލީއަހުދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ޔޫ.އޭ.އީގެ ރައީސް އައްޝައިޚް މުހައްމަދު ބިން ޒައިދު އާލް ނަހްޔާނާއި، ބަހްރޭނުގެ ރަސްގެފާނު ހަމަދު ބިން އީސާ އާލް ޚަލީފާއާއި، ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީއާއި، ކުވެއިތުގެ އަމީރު އައްޝައިޚް މިޝްޢަލް އަލްއަހްމަދު އަލްޖާބިރު އައްޞަބާހުގެ އިތުރުން އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ ހިމެނިވަޑައިގަންނަވައެވެ.

އެސް.ޕީ.އޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުތަކާއެކު ސައޫދީ އަރަބިއްޔާ ފުރިހަމައަށް ސާބިތުވެ އޮތްކަމުގެ ޔަގީންކަން ވަލީއަހުދު އެރުވިއެވެ. އަދި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ ގޮތަކަށް އީރާނުން ދިން ރަހުމުކުޑަ ހަމަލާތަކަށް ރައްދު ދިނުމުގައި، ސައޫދީގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ވަލީއަހުދު ފާހަގަކުރެއްވިއެވެ.

ޓެގް

ސައުދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.