ޚަބަރު މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފި

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފި

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާފުށީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން، ޖަލަށް ވަންނަ މީހުން ބަލައި ފާސްކުރާނެ ބޮޑީ ސްކޭނަރެއް ފުރަތަމަ ފަހަރަށް އެ ޖަލުގައި ބަހައްޓައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.

މި ބޮޑީ ސްކޭނަރަކީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ޖަލަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެއްޗާއި، ފޯނާއި، އެހެނިހެން އާލާތްތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ފަހުގެ މެޝިނެކެވެ. މީގެ ފަހުން ޖަލަށް ވަންނަ ގައިދީންނާއި، މުވައްޒަފުންގެ އިތުރުން އެކި ބޭނުންތަކަށް ޖަލަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތައް މި މެޝިން މެދުވެރިކޮށް ސްކޭން ކުރެވޭނެކަމަށް ކަރެކްސަން ސާވިސްއިން ބުންޏެވެ.

މިފަދަ މެސިނެއް ޖަލުގައި ހަރުކޮށްފައި މިވަނީ ޖަލުގެ ތެރެއިން ކުރާ ސްކޭމް ކޯލްތަކުގެ މައްސަލަ ބޮޑުވެ، ޖަލުގެ ތެރެއަށް ނުގަވާޢިދުން މަސްތުވާތަކެތި ފަދަ އެއްޗެތި ވައްދާކަމުގެ ސަކުވާ ބޮޑުވެފައިވާތާ އެތައް ދުވަސްތަކެއްގެ ފަހުންނެވެ.

ޓެގް

ކަރެކްޝަނަލްސަރިވސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.