ޚަބަރު ލ. ގަމު ތުނޑީ އަވަށުގައި އަލަށް ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

ލ. ގަމު ތުނޑީ އަވަށުގައި އަލަށް ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

ލ. ގަމު ތުނޑީ އަވަށުގައި އަލަށް ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލާމު އަތޮޅު ގަމުގެ ތުނޑީ އަވަށުގައި އަލަށް ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮތް ތަނަވަސް މިސްކިތެކެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ އަންހެނުންނާއި ފިރިހެނުންނަށްވެސް ފަސޭހަކަމާއެކު ނަމާދުކުރެވޭނެހެން، ވަކި ސަރަހައްދުތަކެއް ޚާއްޞަކޮށްގެންނެވެ.

މި މިސްކިތް ހުޅުވާފައިވަނީ ރާއްޖޭގެ ދީނީ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އެގޮތުން، އިސްލާމީ ކަންތައްތަކަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ހާމަކޮށްދޭ އެއް ކަމަކީ، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 15 މިސްކިތެއްގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށާފައިވުމެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.