ބޭރުދުނިޔެ ދުނިޔޭގެ ސްކައުޓް ލީޑަރުންގެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވެއްޖެ

ދުނިޔޭގެ ސްކައުޓް ލީޑަރުންގެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވެއްޖެ

ދުނިޔޭގެ ސްކައުޓް ލީޑަރުންގެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިއްޔާގެ ސްކައުޓް އެސޯސިއޭޝަނުން ދުނިޔޭގެ ސްކައުޓް ލީޑަރުންގެ އަހަރީ ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދާދިފަހުން ބައިވެރިވެއްޖެއެވެ.

ވޯލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓުން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމަކީ، ސްކައުޓް ހަރަކާތުގެ ބާނީ ރޮބަޓް ބޭޑަން ޕަވަލްގެ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ބައްދަލުވުމެއް ކަމަށް ސައުދީ ޕްރެސް އެޖެންސީން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ސްކައުޓް ހަރަކާތަށް އަންނަމުންދާ މުހިންމު ބަދަލުތަކާއި، ގައުމުތަކުން އިސްކަންދޭ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމީ ޖަމިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

ސައުދީ ސްކައުޓް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި އެ ޖަމިއްޔާއިން ބައިވެރިވުމަކީ ތަޖުރިބާ ހިއްސާކުރުމަށާއި، މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ހިންގާ ތަފާތު މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމްތައް ދައްކާލުމަށް ލިބުނު ފުރުސަތެކެވެ.

ޒުވާނުން ބިނާކުރުމުގައާއި، ޚިދުމަތްކުރުމުގެ ރޫހާއި ޒިންމާދާރުކަން އަދި ހަރަކާތްތެރި ރައްޔިތެއްގެ ގޮތުގައި ދެމިތިބުމުގެ ސިފަތައް އަށަގަންނުވައި، މުޖުތަމައު ބިނާކުރުމާއި ސުލްހައިގެ ސަގާފަތެއް ގާއިމުކުރުމުގައި ހިލޭސާބަހަށް މަސައްކަތްކުރުމަކީ މުހިންމު އަސާސެއްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވުމަކީ، ސްކައުޓް ހަރަކާތްތަކަށް އެހީތެރިވެދީ، ޒުވާނުންގެ މެދުގައި ތައުލީމީ އަދި އަޚުލާގީ ސިފަތައް ވަރުގަދަކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ ޚިދުމަތާއި ހިލޭސާބަހަށް މަސައްކަތްކުރުން ކުރިއެރުވުމަށް އެ އެސޯސިއޭޝަނުން ކުރަމުންދާ މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ކަމެކެވެ.

ޓެގް

ސްކައުޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.