ޚަބަރު މާލޭގައި މީހަކު ރަހީނުކުރި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި މީހަކު ހުއްދަނޫން ގޮތެއްގައި ހިފަހައްޓައި ބަންދުކޮށްގެން އުޅުނު މައްސަލައެއްގައި ބަންގްލަދޭޝް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ފެބްރުއަރީ 19 ވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:22 އެހާކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ކުރި މަސައްކަތުން އެ މީހާ ބަންދުކޮށްފައި ހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން އެ ތަނަށް ވަދެ ވަނީ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކޮށްފައިކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގައި ސަލާމަތްކުރި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އިޤްބާލް މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އިޤްބާލް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގް

ފުލުހުން ބިދޭސީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.