ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕް: ހިތްދަތިގޮތަކަށް ޕެނަލްޓީން ނިއު ބަލިކޮށް މާޒިޔާ ފައިނަލަށް

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެން ކަމަށްވާތީ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާ ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނެގީ އަހުމަދު އައިހަމް (ފަތޯ) އާއި ހަސަން ނާޒިމް (ޗޯޓު) ޖަހައިދިން ލަނޑުތަކުންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ނިއުއިން ކުޅުން ރަނގަޅުކޮށް، އަލްހާޖީ ގޭރޯ އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑުތަކުން އެޓީމުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ 2015 ވަނަ އަހަރުގެ ފައިނަލަށްފަހު މި ދެޓީމު ޕްރެޒިޑެންޓްސް ކަޕްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީ ޝޫޓްއައުޓްގައި ނިއުގެ ދަގަނޑޭ އާއި ޔާޔާ ބިލިޓީ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، މާޒިޔާގެ އިބްރާހީމް އައިސަމް އަތުންވެސް ޕެނަލްޓީއެއް ބޭކާރުވިއެވެ. އެހެންނަމަވެސް، މާޒިޔާގެ އެހެން ކުޅުންތެރިން ޕެނަލްޓީތައް ކާމިޔާބުކޮށް އެޓީމަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނެވެ. އަންގާރަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގައި މާޒިޔާ ބައްދަލުކުރާނީ މިރޭ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބު ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close