ޚަބަރު ގުރައިދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ކަށަވަރުވެއްޖެ

ގުރައިދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ކަށަވަރުވެއްޖެ

ގުރައިދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީއަށް ކަށަވަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދުގެ ކެންޑިޑެންސީއާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު، އެ މަގާމު ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ޝަލީޒަށް ކަށަވަރުވެއްޖެއެވެ.

މަޖީދުގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ކޯޓުން ތާއީދުކުރީ، އޭނާ ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ޝަރުތު ހަމަވެފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ. އެހެންކަމުން، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ކަމަށްވާ، މިހާރުވެސް އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަލީޒް އިންތިހާބުވެފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ގުރައިދޫގެ މި ގޮނޑި ޕީއެންސީއަށް ކަށަވަރުވުމާއެކު، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތައް ހިމެނޭހެން ޖުމްލަ 70 އެއްހާ ގޮނޑި މިހާތަނަށް އިންތިހާބަކާ ނުލައި އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. މި ކާމިޔާބީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރަށްރަށުން އޮތް ތާއީދު ހާމަވެގެންދާ ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

ޓެގް

އީސީ ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.