ޚަބަރު ފ. އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

ފ. އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

ފ. އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ރަސްމީކޮށް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފާފު އަތޮޅުގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ދަތުރުތައް އެ އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް އިފްތިތާހު ކުރުމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވަނީ ފ. ނިލަންދޫގައެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީންގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރާއި، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފ. އަތޮޅު ކައުންސިލްގެ ރައީސާއި، ނިލަންދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފާފު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ. މީގެ ސަބަބުން ރައްޔިތުން “ރަށު ބަންދުން” ވީއްލި، ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ 48 މީހުންގެ ޖާގައިގެ ޒަމާނީ ފެރީތަކެކެވެ. މީގެ ތެރެއިން ކޮންމެ ފެރީއެއްގައި ވެސް 4 ސީޓު ހާއްސަކޮށްފައިވަނީ އެންސްޕާގައި ރަޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ.

ފާފު އަތޮޅުގައި މި ފެށުނު ހިދުމަތާއެކު، އަތޮޅުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުން އިތުރަށް ފަސޭހަވެ، މުދަލާއި ހިދުމަތްތައް ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެގް

އާރުޓީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.