ޚަބަރު ރަމަޟާން މަހު ބީއެމްއެލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ރަމަޟާން މަހު ބީއެމްއެލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ރަމަޟާން މަހު ބީއެމްއެލްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތް ދޭނެ ގަޑިތައް އެ ބޭންކުން މިއަދު އިއުލާނުކޮށްފިއެވެ.

ބޭންކުން ހާމަކުރި ގޮތުގައި މި މުއްދަތުގެ ތެރޭގައި ބޭންކުގެ ހުރިހާ ޚިދުމަތްތަކެއްވެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ބޭންކުގެ ޚިދުމަތްތައް ކުރިއަށްދާނެއެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނެ ވަގުތުތައް ފަހުގެ ތާރީޚެއްގައި އިއުލާނު ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވާއިރު، ބޭންކުން ވަނީ މި މުއްދަތުގައި ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ. މީގެ އިތުރުން އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ބޭންކުން ވަނީ އެންމެހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ޓެގް

ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.