ޚަބަރު ދޫނިދޫ ކައިރިން ދަތުރުކުރި މަސްދޯންޏެއްގައި ރޯވެ، ބަޔަކަށް އަނިޔާވެއްޖެ

ދޫނިދޫ ކައިރިން ދަތުރުކުރި މަސްދޯންޏެއްގައި ރޯވެ، ބަޔަކަށް އަނިޔާވެއްޖެ

ދޫނިދޫ ކައިރިން ދަތުރުކުރި މަސްދޯންޏެއްގައި ރޯވެ، ބަޔަކަށް އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ދޫނިދޫ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި މިއަދު މެންދުރުފަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ސިފައިންނާއި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:45 އެހާއިރުއެވެ. އަލިފާން ރޯވި ދޯނީގައި ތިބި މީހުންގެ ތެރެއިން އަނިޔާވި މީހުން، ކުރުބާ މޯލްޑިވްސް ރިސޯޓްގެ އުޅަނދެއްގައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އަނިޔާވީ ކިތައް މީހުންނަށް ކަމާއި، އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ. ސިފައިން މިހާރު ދަނީ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ޓެގް

އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.