ކުޅިވަރު

ވިކްޓަރީ ބަލިކޮށް، ބުރު ސްޕޯޓްސް އިން ސެމީގެ އުންމީދު އާކޮށްފި

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވެފައި އޮތުމުން، ސެމީގެ ޖާގައެއް ހޯދުމަށް ބުރަށް ރޭގެ މެޗުން މޮޅުވުން އޮތީ މަޖުބޫރުވެފައެވެ. މި ނަތީޖާއާއެކު މި ގްރޫޕުން ސެމީއަށްދާނެ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުގައި ވިކްޓަރީ އާއި މާޒިޔާ ބައްދަލުކުރާ މެޗަށް ފަހުގައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 47 ވަނަ މިނިޓުގައި ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒް ޖެހި ލަނޑުން ބުރުން ލީޑުނަގާފައި ވަނިކޮށް، 77 ވަނަ މިނިޓުގައި ވިކްޓަރީގެ މިލޯސް ލަޗްނީ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން، 81 ވަނަ މިނިޓުގައި ޑިއާޒް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ބުރަށް މެޗުން މޮޅުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރުމަށް ވިކްޓަރީން ކުރި މަސައްކަތުގައި ލަޗްނީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ. މި މޮޅާއެކު ބުރުން ތިން ޕޮއިންޓް ހޯދާފައިވާއިރު، ގްރޫޕްގެ ފަހު މެޗުގައި ވިކްޓަރީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އެ މެޗަކީ ވިކްޓަރީއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ނަތީޖާއެއް ނެރުން ކޮންމެހެން މުހިއްމު މެޗެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close