ޚަބަރު

ފާއިތުވި ތިން ހަފުތާގައި 5,600 އަށް ވުރެ ގިނަ މީހުންނަށް ބޭރަށްހިންގުން ޖެހިއްޖެ: އެޗްޕީއޭ

ރާއްޖޭގައި މި ދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

 އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ ފަހު ތިން ހަފުތާގެ ތެރޭގައި އެކަނިވެސް ބޭރަށްހިންގުން ޖެހިގެން 5,600 އަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން 21,993 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، 359 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ.

ބަލިތައް އިތުރުވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ވައިގެ ނުސާފުކަން މިދުވަސްވަރު އިތުރުވެފައިވުމަކީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބެކެވެ. ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގެ ދުވަސްވަރު މިފަދަ ބަލިތައް ރިޕޯޓްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އާންމު ބަލިތައް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. މީގެ ތެރޭގައި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ގިނަގިނައިން އަތްދޮވުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ނެރޭ އުސޫލުތަކަށް އަމަލުކުރުން ހިމެނެއެވެ. ނޭވާލާ ނިޒާމުގެ ބަލިތަކާއި ބޭރަށްހިންގުން ފަދަ ބަލިތަކުން ސަލާމަތްވުމަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close