ޚަބަރު ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިނަމާލެ ބުރިޖު ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކާރަކާއި ހަތަރު ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ގޮތް ތަފްސީލުކޮށްދެމުން ފުލުހުން ބުނީ، ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން ދުއްވާފައި އައި ކާރަކުން ޖެހި، އެ ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އެރީ ކަމަށެވެ. އެ ވަގުތު ސައިކަލު ލޭނުން ދަތުރުކުރި ހަތަރު ސައިކަލެއް އެ ކާރުގައި ޖެހި ބޮޑު އެކްސިޑެންޓެއް ހިނގީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށާއި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 31 އަހަރުގެ ފިރިހެނަކަށް މިހާރު ދަނީ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންނެވެ.

ރޭ ދަންވަރު 12:45 ހާއިރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓުވި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.

ޓެގް

ހައިވޭ ސިނަމާލެ ބްރިޖް އެކްސިޑެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.