ޚަބަރު ޖަލުގައި ނިޔާވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އޯޓޮޕްސީ ހަދަން ނިންމައިފި

ޖަލުގައި ނިޔާވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އޯޓޮޕްސީ ހަދަން ނިންމައިފި

ޖަލުގައި ނިޔާވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް، އޯޓޮޕްސީ ހަދަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިއްބާ މި މަހުގެ 2 ވަނަ ދުވަހު ނިޔާވި ދެ ގައިދީން ކަމަށްވާ ސ. ހިތަދޫ، ޙަސަން ނިޔާޒު (45އ) އާއި އިބްރާހީމް ސުހައިލް (53އ) ގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މި ދެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހީމް ސުހައިލް ނިޔާވީ ނިއުމޯނިއާ ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވީފަހުންނެވެ. އަދި ޙަސަން ނިޔާޒު ނިޔާވީ ކުއްލި މެޑިކަލް އެމަޖެންސީއެއް ދިމާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާޒު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ކަރެކްޝަންސްއިން ކުރިން ބުނެފައިވެއެވެ.

މި ދެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން މި ފެށީ، ނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ދައްކާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، އާންމުންގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގެ ތަފްސީލީ ތަހުގީގެއް ހިންގައި، މަރުގެ ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓެގް

ކަރެކްޝަނަލްސަރިވސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.