ޚަބަރު އައްޑޫގެ ޞިއްޙީ ނިޒާމަށް މި ދައުރުގައި އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރު ނާޒިމް

އައްޑޫގެ ޞިއްޙީ ނިޒާމަށް މި ދައުރުގައި އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރު ނާޒިމް

އައްޑޫގެ ޞިއްޙީ ނިޒާމަށް މި ދައުރުގައި އިންގިލާބީ ބަދަލެއް އަންނާނެ: ވަޒީރު ނާޒިމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމު ފުޅާވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި އެ ސިޓީގެ ޞިއްޙީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ކެތު ލެބާއި އައިނު ފިހާރަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީއަށް ޚާއްޞަ އިސްކަމެއްދޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫގެ ޞިއްޙީ ނިޒާމަކީ ހުރިހާ ރަށެއް ގުޅިލާމެހިފައިވާ ނިޒާމަކަށް ހެދުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށާއި، މީގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ރަށަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މަރަދޫ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ހުޅުމީދޫގެ ޞިއްޙީ މަރުކަޒުގެ މަސައްކަތް މިހާރު އޮތީ ޑިޒައިނިން މަރުހަލާގައި ކަމަށެވެ. މީގެ އިތުރުން ފޭދޫގެ ޞިއްޙީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ތަރުތީބު ކުރަމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 5 އަހަރަކީ އައްޑޫގެ ޞިއްޙީ ޚިދުމަތުގައި އައު ބާބެއް ފެށިގެންދާނެ އަހަރުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓެގް

ހެލްތްމިނިސްޓްރީ ހެލްތްމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.