ބޭރުދުނިޔެ ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް

ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް

ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޝިއައީ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ނުރައްކާތެރި ހަމަލާއެއްގައި، މަދުވެގެން 31 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. މިއީ އިސްލާމްއާބާދުގައި މިފަހަކަށް އައިސް ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

މި ބާރުގަދަ ގޮއްވުން ގޮއްވާލާފައިވަނީ އިސްލާމްއާބާދުގެ އިރުދެކުނު ތަރްލާއީ ކަލާން ސަރަހައްދުގައި ހުންނަ “ޚަދީޖާ ތުލް ކުބްރާ” މިސްކިތުގައި ހުކުރު ނަމާދު ވަގުތުގައެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވި ގޮތުގައި، މިސްކިތުގެ ސެކިއުރިޓީ ގާޑުން ހަމަލާދިން މީހާ ހުއްޓުވަން މަސައްކަތް ކުރުމުން، އޭނާ ފުރަތަމަ ގާޑުންނަށް ބަޑީގެ ހަމަލާދީ، އެއަށްފަހު ނަމާދުކުރަންތިބި މީހުންގެ މެދުގައި އަމިއްލައަށް ގޮއްވާލީއެވެ. އަދި މި ހަމަލާދިން މީހާއަކީ އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ދަތުރުފަތުރުކޮށް އުޅޭ މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

އިސްލާމްއާބާދު އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ސަރަހައްދަށް ރެސްކިއު ޓީމުތައް ގޮސް، 169 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި އަލްޖަޒީރާއިން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މިސްކިތުގެ ތެރޭގައި ލޭލައިގެންފައިވާ ހަށިތައް ހުރިއިރު، މުޅި ސަރަހައްދު އޮތީ ބިއްލޫރިތަކާއި އިމާރާތުގެ ބައިތަކުން ފުރިފައެވެ.

އިސްލާމްއާބާދުގެ ރައްޔިތެއް ކަމަށްވާ އައުން ޝާހް ބުނި ގޮތުގައި މި ހަމަލާގައި އޭނާގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އޭނާ ބުނި ގޮތުގައި ބައްޕަގެ ބަނޑަށް ވަނީ ވަރަށް ނުރައްކާތެރި ގެއްލުންތަކެއް ލިބިފައެވެ.

ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގު ދާރު ވަނީ ކުށެއްނެތް ބަޔަކަށް އަމާޒުކޮށްދިން މި “ފިނޑި” ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. “އަޅުކަންކުރާ ތަންތަނަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ އިންސާނިއްޔަތާ ހިލާފު، އަދި އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ބޮޑު ޖަރީމާއެއް. ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާން އޮތީ އެކަތިގަނޑެއްގެ ގޮތުގައި،” އޭނާ އެކްސްގައި ލިޔުއްވާފައިވެއެވެ.

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީ.އައި.އެމް.އެސް) ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ސްޓްރެޗަރުތަކުގައާއި އަތްދަނޑިމަތީގައި ވައްދަމުންދާ މަންޒަރު ފެންނަ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީގެ ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.