ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް 230 މެޝިނަރީ ގެންނަން ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޗައިނާގެ އެކްސް.ސީ.އެމް.ޖީ ކުންފުންޏާއެކު އިއްޔެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގައި ބޭއްވި މި ރަސްމިއްޔާތުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.

މި އެއްބަސްވުމުގެ ދަށުން މަގުހެދުމަށް ބޭނުންވާ އަސްފަލްޓް މެޝިނަރީ ހިމެނޭހެން ޖުމްލަ 230 ހެވީ މެޝިނަރީ ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ތަކެތި މަރާމާތުކުރާނެ މަރުކަޒަކާއި ސްޕެއަރ ޕާޓްސް ވިއްކާ ފިހާރައެއް ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ އާރްޑީސީ އާއި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން ކުރިއަށްގެންދިޔަ މުޢާމަލާތެކެވެ.

އާރްޑީސީން ބުނި ގޮތުގައި، ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު މެޝިނަރީ އުފައްދާ ކުންފުންޏާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ރަށްރަށުގައި އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރިމަތިވާ މެޝިނަރީގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބޭނެއެވެ. މީގެ ސަބަބުން ތަރައްޤީގެ މަސައްކަތްތައް މެދުނުކެނޑި، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close