ޚަބަރު ހުޅުމާލޭ ގްރޭންޑް މޮސްކުގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރު މަހު ފަށަނީ

ހުޅުމާލޭ ގްރޭންޑް މޮސްކުގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރު މަހު ފަށަނީ

ހުޅުމާލޭ ގްރޭންޑް މޮސްކުގެ ޢަމަލީ މަސައްކަތް ސެޕްޓެމްބަރު މަހު ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ގްރޭންޑް މޮސްކް ނުވަތަ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރެއްވި މި މުހިންމު މަޝްރޫޢުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. މިއީ ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެއެވެ.

މި މަޝްރޫޢަކީ ހަމައެކަނި މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. މިސްކިތުގެ ކޮމްޕްލެކްސްގައި ވަޤުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގްތަކުގެ އިތުރުން ޕާކިންގް ޒޯންތައް ހިމެނޭނެއެވެ. މީގެ އިތުރުން، އިސްލާމީ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޤުރުއާން މިއުޒިޔަމެއްވެސް މި މިސްކިތުގައި ހުންނާނެ ކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

މިސްކިތުގެ ޖާގައާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ގާތްގަނޑަކަށް 10 ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، މިސްކިތުގެ ތަފްޞީލީ ޑިޒައިން އެއްކޮށް ނިމުމުން، ނަމާދުކުރެވޭނެ މީހުންގެ ސީދާ ޢަދަދު ކަށަވަރުވެގެންދާނެއެވެ. މިހާރު ކުރިއަށްދަނީ މިސްކިތުގެ ތަފްޞީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.

މި ބޮޑު މަޝްރޫޢަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުންނެވެ. މިސްކިތުގެ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދަނީ ބޭރުގެ ތަޖުރިބާކާރުންނެވެ. ޑިޒައިނިންގް މަރުޙަލާއިން ފެށިގެން ޢިމާރާތް ކުރުމުގެ ހުރިހާ ޚަރަދެއްވެސް ބަލަހައްޓާނީ މި ފަންޑުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުދޭ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.