ޚަބަރު އިތުރު ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާ ވަރުގަދަކުރާނަން: ރައީސް މުއިއްޒު

އިތުރު ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާ ވަރުގަދަކުރާނަން: ރައީސް މުއިއްޒު

އިތުރު ވަސީލަތްތަކާއެކު ދިވެހި އަސްކަރިއްޔާ ވަރުގަދަކުރާނަން: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ގާބިލުކަން އިތުރުކޮށް، ވަސީލަތްތައް މުއްސަނދިކުރުމަށް މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ކޯސްޓުގާޑުގެ ހިދުމަތް ދެގުނަ ކުރުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު ތައާރަފުކުރި އުޅަނދުތަކުގެ އިތުރުން، މި އަހަރު އަލަށް 17 އިންސްޕެކްޓާ ކްރާފްޓު ހިދުމަތަށް ނެރޭނެ ކަމަށެވެ. މީގެ އިތުރުން ޖަޕާނުގެ އެހީގައި ދެ ޕެޓްރޯލް ވެސަލް އަދި އޮސްޓްރޭލިއާގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރުގެ ތެރޭގައި ސިފައިންގެ ހިދުމަތާ ގުޅޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަސްކަރިއްޔާގެ ވައިގެ ބާރު ނުވަތަ އެއާކޯ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އައްޑޫ ގަމުގައި މިދިޔަ އަހަރު ގާއިމުކުރި ފުރަތަމަ އެއާ ސްޓޭޝަނަށްފަހު، މި އަހަރުގެ ތެރޭގައި ށ. ފުނަދޫގައި ހަދާ އެއާ ސްޓޭޝަންގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ ކަމަށެވެ. ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި އަސްކަރީ ޑްރޯންތަކާއެކު ވައިގެ މަގުން ރާއްޖެ ހިމާޔަތްކުރުމުގެ އާ ބާބެއް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ސިފައިންގެ އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، މާލޭގައި ހުންނަ ކަޅުތުއްކަލާ ކޮށީގެ ބޮޑެތި މަރާމާތުތަކެއް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިފައިންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ގިރިފުށީގެ ބިން ހިއްކުމާއި އައްޑޫ ޓްރޭނިން ސެންޓަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޓެގް

ރިޔާސީ ބަޔާން 2026 ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.