ޚަބަރު ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ މަދުން ކެންސަރު ޖެހިގެން ރިޕޯޓުކުރީ މިދިޔަ އަހަރު

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ މަދުން ކެންސަރު ޖެހިގެން ރިޕޯޓުކުރީ މިދިޔަ އަހަރު

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ މަދުން ކެންސަރު ޖެހިގެން ރިޕޯޓުކުރީ މިދިޔަ އަހަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގައި އެންމެ މަދުން ކެންސަރު ބަލި ޖެހިގެން ރިކޯޑުކުރެވިފައިވަނީ މިދިޔަ 2025 ވަނަ އަހަރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރު އެންމެ ގިނައިން (244 ކޭސް) މި ބަލި ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 111 އަށް ތިރިވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މި ބަލި އެންމެ ގިނައިން ޖެހެނީ އަންހެނުންނަށެވެ. އެގޮތުން ބަލިޖެހުނު މީހުންގެ 47 އިންސައްތައަކީ އަންހެނުން ކަމަށްވާއިރު، ފިރިހެނުންގެ ނިސްބަތަކީ 43 އިންސައްތައެވެ. މިހާތަނަށް ރާއްޖޭގެ ކެންސަރު ދަފްތަރުގައި 1,600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާކަން އެޗްޕީއޭ އިން ފާހަގަކުރެއެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މި އަދަދުތަކުން ބަލީގެ ކުރީކޮޅު ދެނެގަތުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަން ހާމަވެއެވެ. ކުޑަކުދިންނާއި ޒުވާނުންގެ މެދުގައިވެސް މި ބަލި ފެންނަމުންދާތީ، ބަލިން ރައްކާތެރިވުމަށްޓަކައި ދުރާލާ ސްކްރީން ކުރުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގް

އެޗްޕީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.