ދީން ދިރިއުޅުން ބަނަ ނޫންކަން އެނގޭނެއެވެ: އުންމީދުގެ ހުޅުކޮޅު ރޯކޮށްލާށެވެ!

ދިރިއުޅުން ބަނަ ނޫންކަން އެނގޭނެއެވެ: އުންމީދުގެ ހުޅުކޮޅު ރޯކޮށްލާށެވެ!

ދިރިއުޅުން ބަނަ ނޫންކަން އެނގޭނެއެވެ: އުންމީދުގެ ހުޅުކޮޅު ރޯކޮށްލާށެވެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންސާނާގެ ދިރިއުޅުމަކީ އުސްގަނޑުތަކާއި ތިރިގަނޑުތަކުން ފުރިގެންވާ ދަތުރެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ ދިރިއުޅުމަކީ ހަމައެކަނި އުފަލާއި އަރާމުގައި ހޭދަކުރަންޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ ދިރިއުޅުމުގައި އަބަދު އުފަލުގައި ނުހުންނާނެ ކަމެވެ. ހިތާމައާއި، ހިތްދަތިކަމާއި، ވޭންތަކަކީ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް ތަހަންމަލު ކުރަންޖެހޭނެ ކަންކަމެވެ.

ދިރިއުޅުމުގައި ކުރިމަތިވާ މުޞީބާތްތަކާއި ހިތްދަތިކަމަކީ ހަމައެކަނި ތިބާގެ ކިބައިގައި ހުރި އުނިކަމެއްގެ ސަބަބުން ނުވަތަ ތިބާ ގޯސްވެގެން މެދުވެރިވާ ކަންކަމެއް ނޫނެވެ. މިއީ ދުނިޔަވީ ޙަޔާތުގެ ތަބީޢަތެވެ. ކޮންމެ މުސްލިމު އަޅަކީވެސް މި ދުނިޔޭގައި އިމްތިޙާނު ކުރެއްވޭނެ މީހެކެވެ. ﷲ ތަޢާލާ ވަނީ އެކަލާނގެ އަޅުގަނޑުމެން އިމްތިޙާނު ކުރައްވާނެކަން ކީރިތި ޤުރުއާނުގައި އަންގަވާފައެވެ.

ޚާއްޞަކޮށް، ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފިނަމަ، އެ އަޅަކު އިތުރަށް އިމްތިޙާނު ކުރައްވައެވެ. މިއީ އެމީހެއްގެ ކިބައިގައިވާ ތެދުވެރިކަމާއި، އީމާންތެރިކަމާއި، ކެތްތެރިކަން ބެއްލެވުމަށްޓަކައި ކުރިމަތިކުރައްވާ ކަންކަމެވެ. މުޞީބާތްތަކަކީ ފާފަ ފުހެވި، ދަރަޖަ އުފުލިގެންދާ ސަބަބެކެވެ.

މިކަމުގެ އެންމެ ރީތި މިސާލަކީ މާތްﷲ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންގެ ދިރިއުޅުމެވެ. އެބޭކަލުންނަކީ ﷲ ތަޢާލާގެ އެންމެ ލޯބިވެތި އަޅުން ކަމުގައި ވީނަމަވެސް، އެންމެ ބޮޑެތި އިމްތިޙާނުތަކާއި ކުރިމަތިލެއްވީ އެބޭކަލުންނެވެ. އެކަލާނގެ ރަސޫލުންވެސް ދުނިޔޭގެ ދިރިއުޅުން ވޭތުކުރެއްވީ އަބަދު އުފަލާއި އަރާމުގައެއް ނޫނެވެ. ބަލިމަޑުކަމާއި، ފަގީރުކަމާއި، ގާތްތިމާގެ މީހުން ވަކިވެދިއުމާއި، އަދި ދީނަށް ގޮވައިލެއްވުމުގައި ކުރިމަތިވި އެތައް ގޯނާތަކަކަށް އެބޭކަލުން ކެތްތެރިވެވަޑައިގެންނެވިއެވެ.

އެހެންކަމުން، ދިރިއުޅުމުގައި ދަތި އުނދަގޫ ވަގުތެއް ކުރިމަތިވުމަކީ ދިރިއުޅުން ބަނަވުމެއް ނޫނެވެ. އެއީ އާ ފެށުމަކަށް ތައްޔާރުވުމެވެ. މިފަދަ ވަގުތުތަކުގައި އެންމެ މުހިންމީ ކެތްތެރިކަން އިސްކުރުމެވެ. ގިނަގިނައިން ދުޢާކުރުމާއި، ހެޔޮޢަމަލުތަކުގައި ސާބިތުވެ ހުރުމެވެ. ހަނދާންކުރާށެވެ، ކޮންމެ ދަތިކަމަކާއެކު ފަސޭހަކަމެއް ވެއެވެ. ތިބާގެ ކެތްތެރިކަމުގެ ނަތީޖާ އުފާވެރިވާނެކަން ޔަގީނެވެ.

ޓެގް

ކެތްތެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.