ޚަބަރު

އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު ކަނޑައަޅައިފި

އިންޑިއާ ސަރުކާރުން 2026-2027 ވަނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓުގައި، ރާއްޖެއަށް އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.06 ބިލިއަން ރުފިޔާ) ކަނޑައަޅައިފިއެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓުގައިވެސް ރާއްޖެއަށް އެހީގެ ގޮތުގައި ހިމަނާފައިވާ އަދަދާ އެއްވަރުގެ އަދަދެކެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ކަނޑައެޅި ޖުމްލަ 25 ބިލިއަން ޑޮލަރުގެ އެހީގެ ބަޖެޓުގެ ތެރެއިން، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ކަނޑައަޅާފައިވަނީ ބޫޓާނަށެވެ. ރާއްޖެއާ އެއްވަރުގެ އަދަދެއް މޮރިޝަސްއަށް ކަނޑައަޅާފައިވާއިރު، ނޭޕާލަށް 87 މިލިއަން ޑޮލަރު އަދި ބަންގްލަދޭޝްއަށް 6.5 މިލިއަން ޑޮލަރު ވަނީ ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ވަނީ ބޮޑުތަނުން ބަދަހިވެފައެވެ. މި ގުޅުމުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބަޖެޓުގައި ހިމަނާފައިވާ މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، ތަރައްގީގެ މަޝްރޫއުތަކުގައި އޮތް އެއްބާރުލުން ރަމްޒުކޮށްދޭ މުހިންމު ނިންމުމެކެވެ. ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް މި އެހީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިންޑީއާއިން ދޭކޭކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close