ޚަބަރު ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒު އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒު އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ޗެއާޕާސަން އިނާޒު އިސްތިއުފާ ދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސާދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަށް ދަށަށް ދާ ކަމަށާއި، މި މުއާމަލާތާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުން ދެމެހެއްޓެނިވި ހައްލެއް ލިބިފައިނުވާ ކަމަށެވެ.

އިނާޒު އިސްތިއުފާ ދެއްވަމުން އެކްސްގައި ވިދާޅުވީ، އެމްއެމްއޭ މެދުވެރިކޮށް މި ފައިސާ ހޯދުމަކީ ޓެކްނިކަލީ ބަލާއިރު އިގްތިސާދަށް މިވަގުތު ގެއްލުން ބޮޑު ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ކަންކަން ހަރުދަނާ ސިޔާސަތުތަކަކުން އިސްލާހުވެ، ދަރަނީގެ އަނދަވަޅުން އަރައިގަނެ ދެމެހެއްޓެނިވި ތަރައްގީގެ މަގަކަށް ރުޖޫއަވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މި މުއާމަލާތަކީ ގާނޫނާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ބުނެ، މީގެ ކުރިން ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، އިނާޒު މީގެ ކުރިން ވިދާޅުވެފައިވަނީ ޕެންޝަން އޮފީހުން އަމަލުކުރަނީ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ފަންޑުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އޭނާގެ އެންމެ އިސް ވާޖިބު ކަމަށެވެ.

ޓެގް

ޕެންޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.