ޚަބަރު ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް އިފްތިތާހުކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ. ރަސްމިއްޔާތަށްފަހު ރައީސް ވަނީ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މި މަޝްރޫއަކީ ނ. އަތޮޅުގައި ފަތުރުވެރިކަން ކުރިއަރަމުންދާތީއާއި، އިގްތިސާދީ ބޮޑެތި މަޝްރޫއުތަކަށް އަމާޒުކޮށްގެން ފެށި މަޝްރޫއެކެވެ. މާފަރުގައި އެއާޕޯޓެއް އޮތް ނަމަވެސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އޮތުމަކީ ދުރު ރާސްތާގައި އަތޮޅަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށް ރައީސް ގަބޫލުކުރައްވައެވެ.

ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، 1.6 މީޓަރުގެ އުސްމިނުގައި 40 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ  މިދިޔަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާނެ ކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފެށުނު މުހިންމު މަޝްރޫއެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.