ކުޅިވަރު

ކޯޕަންހޭގަން ބަލިކޮށް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކޯޕަންހޭގަން އަތުން 4-1 އިން މޮޅުވެ، ބާސެލޯނާ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ކުޅުނު 8 މެޗުން 16 ޕޮއިންޓް ހޯދައި ތާވަލުގެ ފަސްވަނަ މަގާމަށް ޖެހިލާފައެވެ. ނަމަވެސް މި މެޗުން ބަލިވި ކޯޕަންހޭގަން ވަނީ 8 ޕޮއިންޓާއެކު މުބާރާތުން ކަޓާފައެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ކޯޕަންހޭގަން އިން ލަނޑެއް ޖަހައި ކުރިހޯދި ނަމަވެސް، ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. އޭގެ ފަހުން ޒުވާން ތަރި ލަމީން ޔަމާލް ލަނޑެއް ޖަހައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ކުރިހޯދައިދިނެވެ.

މެޗުގެ ފަހުބައިގައި ބާސެލޯނާގެ ރަފީނިއާ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކުރިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ މާކަސް ރަޝްފޯޑެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close