ކުޅިވަރު

ކޯމޯ ބަލިކޮށް އޭސީ މިލާނުން އިންޓަގެ ލީޑު ކުޑަކޮށްފި

އިޓާލިއަން ލީގުގައި ރޭ ކޯމޯއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 3-1 އިން މޮޅުވެ، އޭސީ މިލާނުން ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނުގެ ލީޑު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މި މޮޅާއެކު އޭސީ މިލާނަށް 20 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

ކޯމޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި މާކް ކެމްޕްފް ޖެހި ގޯލުން އެ ޓީމުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރިސްޓޮފާ އެންކުންކޫ ވަނީ ޕެނަލްޓީއަކުން މިލާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގައި މިލާންގެ ކީޕަރު ލޫކަސް މައިންނޯން ވަނީ ކޯމޯ އިން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިލާނުން މެޗުގެ ކޮންޓްރޯލް ހޯދީ ދެވަނަ ހާފުގައި އޭޑްރިއަން ރަބިއޯ ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު، ސެސްކް ފަބްރެގަސްގެ އިރުޝާދުގެ ދަށުން ކުޅޭ ކޯމޯ މިހާރު އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close