ބޭރުދުނިޔެ

ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާ ދިނުން ވަގުތީގޮތުން ހުއްޓާލަނީ

ބަންގްލަދޭޝްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، އެ ގައުމަށް ދަތުރުކުރާ ހުރިހާ ދަތުރުވެރިންނަށް އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމައިފައިވާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ. މި ބަދަލު އަންނަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، އޮން-އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓައިލަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެންނެވެ. މިގޮތަށް ބަދަލު ގެނެސްފައިވަނީ އިންތިޚާބުގެ ސަލާމަތީ ކަންކަމަށްޓަކައި ކަމަށް ލަފާކުރެވެއެވެ.

މިގޮތުން، ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އެ ގައުމުގެ އެއާޕޯޓްތަކުން އޮން-އެރައިވަލް ވިސާ ނުލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ގައުމަށް ދަތުރުކުރަން ރާވާފައިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިން ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ވިސާ ނަގަން ޖެހޭނެ ކަމަށެވެ. މިކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ހައިކޮމިޝަނާ ގުޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަން ހުންނަނީ ހުޅުމާލެ، ނިރޮޅުމަގު 16 ނަންބަރު ގޯޅީގައެވެ. އެފަރާތާ ގުޅޭނެ ފޯން ނަންބަރަކީ 3320859 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. ދަތުރުވެރިންނަށް މައުލޫމާތު ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close