ޚަބަރު ލޯކަލް ޓޫރިޒަމްގެ ތެރެއިން ފަތުރުވެރިންގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގަވާއިދުތައް އިސްލާހުކުރަނީ

ލޯކަލް ޓޫރިޒަމްގެ ތެރެއިން ފަތުރުވެރިންގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގަވާއިދުތައް އިސްލާހުކުރަނީ

ލޯކަލް ޓޫރިޒަމްގެ ތެރެއިން ފަތުރުވެރިންގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ގަވާއިދުތައް އިސްލާހުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭއިރު، ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ބޯލަނބާކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ގަވާއިދުތައް އިސްލާހުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ޕީއެންސީގެ އައު ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އަޚުލާގީ ޝަކުވާތަކަށް ބަލައި، ފަތުރުވެރިން ހެދުން އެޅުމާއި އުޅެންޖެހޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުތައް ދާދި އަވަހަށް ގެޒެޓްކުރާނެ ކަމަށެވެ.

މި ގަވާއިދުތައް ތަންފީޒުކުރުމުގައި ލޯކަލް ކައުންސިލްތަކަށް ބޮޑު ދައުރެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް، ރަށު ފެންވަރުގައި މިކަންކަން ދުވަހުން ދުވަހަށް މޮނިޓާކޮށް ބަލަހައްޓަންޖެހޭނީ ކައުންސިލްތަކުންނެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ހިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، ނޭދެވޭ ކަންކަން އިސްލާހުކުރުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯކަލް ޓޫރިޒަމް ހިންގާ ކޮންމެ ރަށެއްގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރުމަށް ކެބިނެޓުން ވަނީ ނިންމާފައެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުން މި އޮފީސްތައް ހިންގާގޮތަށް ހަމަޖެއްސުމަކީ ރަށްރަށުގެ ފަތުރުވެރިކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިގްތިސާދު ކުރިއަރުވާއިރު، ރާއްޖޭގެ ދީނީ އަދި ސަގާފީ އަގުތައް ވެސް ހިމާޔަތްކުރުން ކަމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލޯކަލްޓޫރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.