ޚަބަރު ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަސްއޫލިއްޔަތު މަހްލޫފު އަދާކުރައްވަން ފައްޓަވައިފި

ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަސްއޫލިއްޔަތު މަހްލޫފު އަދާކުރައްވަން ފައްޓަވައިފި

ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަސްއޫލިއްޔަތު މަހްލޫފު އަދާކުރައްވަން ފައްޓަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި އާ ސަފީރު އަޙްމަދު މަހްލޫފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް ތަދަޔޫކީ މިޔަޝިތާއަށް އިއްޔެ އަރުވައިފިއެވެ.

މި ރަސްމިއްޔާތާއެކު މަހްލޫފް މިވަނީ ސަފީރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގެންފައެވެ.

ޖަޕާނުގެ ސަފީރުކަމަށް މަހްލޫފް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މަޖިލީހުގެ ޚާރިޖީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަހްލޫފް އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދީފައިވަނީ އޭނާގެ ތަޖުރިބާއަށް ބަލާފައެވެ.

އަޙްމަދު މަހްލޫފަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ދެ ދައުރު ފުރިހަމަކުރައްވައި، ނިމިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މަހްލޫފް ސަފީރުކަމާ ހަވާލުވެވަޑައިގަތުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ.

ޓެގް

މިނިސްޓަރ މަހުލޫފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.