ޚަބަރު ރައީސްގެ މަންދޫބު ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރާ ބައްދަލުކުރައްވައި ތަޢުޒިޔާ ދަންނަވައިފި

ރައީސްގެ މަންދޫބު ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރާ ބައްދަލުކުރައްވައި ތަޢުޒިޔާ ދަންނަވައިފި

ރައީސްގެ މަންދޫބު ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރާ ބައްދަލުކުރައްވައި ތަޢުޒިޔާ ދަންނަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖު ރަސްމީކޮށް ހަވާލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރާއި، ދިވެހި ދަރިވަރުންނަށް އެޤައުމުން މެޑިކަލް އިންޓާންޝިޕް ފަދަ ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދޭތީ އެކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ސާކްގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ކަނޑުގެ ދިރާސާތަކުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސް ވަނީ ރާއްޖެއަކީ ބަންގްލަދޭޝްގެ ގާތް އެކުވެރިއެއްކަން ފާހަގަކުރައްވައި، ރައީސްގެ މަންދޫބު އެޤައުމަށް ކުރެއްވި ދަތުރުފުޅަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން، ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ޓެގް

ބަންގްލަދޭޝް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.