ޚަބަރު އަންހެން މުއައްޒަފުންގެ ކަރުވަޅާއި ބުޑު ނިވާކުރަން ޖެހޭގޮތަށް ހެދުންއެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

އަންހެން މުއައްޒަފުންގެ ކަރުވަޅާއި ބުޑު ނިވާކުރަން ޖެހޭގޮތަށް ހެދުންއެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

އަންހެން މުއައްޒަފުންގެ ކަރުވަޅާއި ބުޑު ނިވާކުރަން ޖެހޭގޮތަށް ހެދުންއެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިވިލް ސާވިސްގެ މުއައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު ހެދުން އެޅުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކަށް މުހިއްމު ބަދަލުތަކެއް ގެނެސް، އާ ގަވާއިދު މިއަދު ގެޒެޓްކޮށްފިއެވެ.

މި އިސްލާހުގައިވާ ގޮތުން، އަންހެން މުވައްޒަފުން އަޅާ ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރުވަޅު ހުންނަންވާނީ މުޖުތަމައުގެ އަދަބާ ހިލާފުނުވާ ގޮތަށް ނިވާކޮށްފައެވެ. އަދި ހެދުމުގެ މަތީބައިގެ ދިގުމިން ހުންނަންވާނީ ބުޑު ނިވާވާގޮތަށް، ފަލަމަސްގަނޑާ ހަމައަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ ދަށުން ފިރިހެން މުވައްޒަފުންގެ ހެދުމަށް ވެސް ވަކި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އަތްދިގު ބުސް ގަމީސް ފިޔަވައި އެހެން ހުރިހާ ގަމީހެއް ދަށަށް ޖަހަންޖެހޭނެ ކަމަށާއި، ދަށަށް ޖަހާއިރު ކަމަރު އެއްކޮށް ނުފޮރުވޭ ވަރަށް ގަމީސް ހުންނަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އޮފީސް ގަޑީގައި ޓައީ އެޅުމަކީ މަޖުބޫރު ކަމަކަށްވާއިރު، ޓައީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ބަސްތަކާއި މަންޒަރުތައް ހުރެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ޒީނަތްތެރިވުމުގެ މިންގަނޑުތަކަށް ބަލާއިރު، އަންހެން މުވައްޒަފުންނަށް މޭކަޕް ކުރުމާއި ގަހަނާ އެޅުމުގެ ހުއްދަ އޮތް ނަމަވެސް، ފިރިހެން މުވައްޒަފުންނަށް އަނގޮޓި ފިޔަވައި އެހެން ގަހަނާއެއް އެޅުމާއި ފާޅުކަން ބޮޑު މޭކަޕް ކުރުން ވަނީ މަނާކޮށްފައެވެ. އަދި ދެ ޖިންސުގެ މުވައްޒަފުން ވެސް އިސްތަށިގަނޑުގައި ކަޅު ކުލަ ފިޔަވައި ފާޅުކަން ބޮޑު އެހެން ކުލަތަކާއި ހައިލައިޓްތައް ބޭނުންކުރުން މި އިސްލާހުގެ ދަށުން ވަނީ މަނާކޮށްފައެވެ.

ޓެގް

ސީއެސްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.