ޚަބަރު މީޑިއާ ވިލެޖްގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ: ވަޒީރު ވަހީދު

މީޑިއާ ވިލެޖްގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ: ވަޒީރު ވަހީދު

މީޑިއާ ވިލެޖްގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ: ވަޒީރު ވަހީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ މީޑިއާ ވިލެޖް އެޅުމުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެމިނިސްޓްރީގެ ފަރާތުން މިއަދު ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރަމުން އަންނަ މި މީޑިއާ ވިލެޖްގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ދާއިރާއަށް ލުއި ފަސޭހަ ގޮތަކެއް ހޯދައިދީ މީޑިއާތަކަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ.

މީޑިއާ ވިލެޖް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. ވަޒީރު ވިދާޅުވީ އެތަނުގެ މަސައްކަތް ދާ ގޮތް ކޮންމެ ދުވަހަކު ވެސް އެޗްޑީސީ މެދުވެރިކޮށް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މި އިމާރާތަކީ 2007 ވަނަ އަހަރު އެސްޓީއޯއިން ހުޅުމާލެ ފޭސް އެކަކުން ހޯދައި، 34 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ރެޑިސަން ބްލޫ ހޮޓެލްގެ ނަމުގައި ތަރައްގީކުރަން ފެށި ނަމަވެސް، 17 އަހަރު ވަންދެން ބޭނުންނުކުރެވި ހަލާކުވަމުންދިޔަ ތަނެކެވެ.

ޓެގް

ޔޫތުމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.