ޚަބަރު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވާފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސްގެ މެސެޖުގައި ވަނީ ދުޢާކުރައްވާފައެވެ.

ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ފަތިހުގެ ވަގުތެއްގައި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ. އެންމެފަހުން އެކަމަނާ ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ.

ޚާލިދާ ޒިޔާ އަކީ 1991 ވަނަ އަހަރު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި، ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ވަނީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރައްވާފައެވެ. 2018 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި ޖަލަށްލެވުނު ޚާލިދާ ޒިޔާ، މިދިޔަ އަހަރު ކުރީގެ ސަރުކާރު ވެއްޓުމުން ވަނީ ދޫކޮށްލާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަނގުލަދޭޝް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.