ބޭރުދުނިޔެ ފްލޯޓީލާތަކަށް އެހީވުމަށް ސަރުކާރުތަކަށް ޕްރެޝަރ ކުރުމަށް މަންޑޭލާގެ ކާފަދަރިފުޅު ގޮވާލި

ފްލޯޓީލާތަކަށް އެހީވުމަށް ސަރުކާރުތަކަށް ޕްރެޝަރ ކުރުމަށް މަންޑޭލާގެ ކާފަދަރިފުޅު ގޮވާލި

ފްލޯޓީލާތަކަށް އެހީވުމަށް ސަރުކާރުތަކަށް ޕްރެޝަރ ކުރުމަށް މަންޑޭލާގެ ކާފަދަރިފުޅު ގޮވާލި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުން ބަނޑަށްޖައްސާފައިވާ ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ކަނޑުމަގުން ވަންނަން ދަތުރުކުރި “ގްލޯބަލް ސުމޫދް ފްލޮޓީލާ” ތަކަށް އެހީވުމަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށް ޕްރެޝަރ ކުރުމަށް މަންޑޭލާގެ ކާފަދަރިފުޅު އެދަތުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގޮވާލެއްވިއެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި ގްލޯބަލް ސުލުހައިގެން ލަގަބު ހާޞިލް ކުރައްވާފައިވާ ނެލްސަން މަންޑޭލާގެ ކާފަދަރިފުޅު މަންޑްލާ މަންޑޭލާ މި ކަމަށް ގޮވާލައްވާފައިވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި “ފްރީޑަމް ފްލޮޓީލާ” ގެ ދަތުރުގައި ބައިވެރިވެ ހުންނަވައެވެ.

މި ފްލޮޓީލާގައި ހިމެނެނީ ބައިނަލްއަޤްވާމީ އެކްޓިވިސްޓުންނާއި އެހީދޭ ޖަމާޢަތްތަކުގެ މެންބަރުންނެވެ. އެމީހުންގެ މަޤްޞަދަކީ އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ ވަގުތީ ހިސޯރު ނިމުމަކަށް ގެނެސް، އެ ސަރަޙައްދަށް އަސާސީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އިސްރާއީލުން ދަނީ މިފަދަ ދަތުރުތަކަށް ހުރަސް އަޅަމުންނެވެ.

ނެލްސަން މަންޑޭލާގެ ކާފަދަރި، މަންޑްލާ މަންޑޭލާ، ދެކުނު އެފްރިކާގެ ވަފުދެއްގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްރާއީލުގެ ސިފައިން އެބޭފުޅުންގެ ބޯޓާ ކައިރިވަމުންދާ ކަމަށާއި، ބޯޓު ހުއްޓުވައިފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މަންޑޭލާ ވަނީ ދުނިޔޭގެ އެންމެހާ މުޖުތަމަޢަށް ގޮވާލައްވާ، އެބޭފުޅުންގެ ސަރުކާރުތަކަށް ފިއްތުން ކުރިމަތިކޮށް، ޣައްޒާއަށް ސަލާމަތުން ދެވޭނެ މަގެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ސިފައިން އެބޭފުޅުން ކަނޑުމަތިން ވަގަށް ނަގައިފިނަމަ، ވަގުތުން މިނިވަންކުރުމަށް ސަރުކާރުތަކަށް ފިއްތުން ކުރިމަތިކުރުމަށް ދުނިޔޭގެ މުޖުތަމަޢަށް ގޮވާލައްވާ ކަމަށެވެ.

އަދި މިވަގުތު ސަރުކާރުތަކަށް އެބޭފުޅުންނަށް ކޮށްދެއްވެން އޮތް އެންމެ ބޮޑު ކަމަކީ ސަލާމަތުން ޣައްޒާއަށް ވަދެވޭނޭ މަގެއް ހޯދައިދިނުންކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާއަކީ ދެކުނު އެފްރިކާގެ ކުރީގެ ރައީސެއްގެއް އިތުރުން އަދި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ކުރި މަސައްކަތްތަކުން ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އޭނާގެ ޢާއިލާއިން ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، އިސްރާއީލުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތަކަށް ފާޑުކިޔައި ތެދުވެއެވެ.

މިވަގުތު ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އިސްރާއީލުން މިކަމަށް ދަނީ ފާޅުގައި ހުރަސް އަޅަމުންނެވެ.

މަންޑޭލާގެ މި ގޮވާލެއްވުމަކީ، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ކުރެވުނު މުހިންމު މަސައްކަތެއެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

ޓެގް

މަންޑޭލާ އިސްރާއީލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.