ޚަބަރު

ސިވިލް ސާވިސް ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް 3 ބޭފުލަޚު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސީއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރައްވާފައި ވަނީ މުހައްމަދު ނާސިހު، ޑރ. ހުސައިން ފާއިޒް އަދި ޑރ. ދީބާ މޫސާ އެވެ.  

މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން، އެ ތިން ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މަޤާމުގެ ހުވައި ކުރައްވައިފައެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ. އަދި މި ތިން ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.،

މި ތިން ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ބޭއްވުނު މަޖިލިސް ޖަލްސާއެއްގައެވެ. މި ތިން މަގާމަށް މަޖިލިހުން ބޭފުޅުން އައްޔަން ކޮށްފައި މިވަނީ މި މަހުގެ 3 ވަނަ ދުވަހަށް އެ ކޮމިޝަނުގެ 3 ބޭފުޅެއްގެ މުއްދަތު ހަމަވާތީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close