ބޭރުދުނިޔެ ދިމިޝްޤުން ފެނުނު ކަށްވަޅު ވައިޓް ހެލްމެޓްސްއިން ތަޙްޤީޤުކުރަން ފަށައިފި

ދިމިޝްޤުން ފެނުނު ކަށްވަޅު ވައިޓް ހެލްމެޓްސްއިން ތަޙްޤީޤުކުރަން ފަށައިފި

ދިމިޝްޤުން ފެނުނު ކަށްވަޅު ވައިޓް ހެލްމެޓްސްއިން ތަޙްޤީޤުކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ ވެރިރަށް ދިމިޝްޤުގެ “ބަޣްދާދު ބްރިޖް” ސަރަޙައްދުން ފެނުނު ގިނަބަޔަކު އެއްވަޅެއްގައި ވަޅުލައިފައިވާ ބޮޑު ކަށްވަޅެއް ސީރިއަން ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސްއިން ތަޙްޤީޤުކުރަން ފަށައިފިއެވެ.

އަންގާރަ ދުވަހު ފެނުނު މި ކަށްވަޅުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތައް އަޅާފައިވާ ވަޅުގަނޑުތަކާއި، ޖަލުތަކުގެ ކޯޑު ޖަހާފައިވާ ކޮތަޅުތައް ހުރިކަމަށް އެނަޑޯލު އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މިކަމުން ދޭހަވަނީ މި ކަށްވަޅުގައި ވަޅުލާފައިވަނީ ސެދްނާޔާ ފަދަ ނުރައްކާތެރި ޖަލުތަކުގައި ނުވަތަ އަނިޔާގެ ސަބަބުން މަރުވެފައިވާ މީހުންކަމަށް ބެލެވެއެވެ.

މި ހިތާމަވެރި ހޯދުމާ ގުޅިގެން، ވައިޓް ހެލްމެޓްސްގެ ޓީމުތަކުން ވަނީ އެ ސަރަޙައްދު ރައްކާތެރިކޮށް، އަސަދުގެ ވެރިކަމުގެ އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނަގަން ފަށާފައެވެ.

ސީރިއަން ސިވިލް ޑިފެންސްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު އަމްމާރު ސެލްމޯ އެނަޑޯލު އޭޖެންސީއަށް ވިދާޅުވި ގޮތުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެނުނު ކަމުގެ ރިޕޯޓުތަކާ ގުޅިގެން އެމީހުން ވަނީ އެ ސަރަޙައްދަށް ދަތުރުކޮށްފައެވެ.

“މި ސަރަޙައްދަކީ ވަރަށް ކަންބޮޑުވާންޖެހޭ، ޙަޤީޤަތުގައި ވެސް ބިރުވެރި ތަނެއް،” ސެލްމޯ ވިދާޅުވިއެވެ. “މިއީ ސީރިއާގެ ޙާލަތު ދައްކުވައިދޭ މަންޒަރެއް. މިއީ ރޭވިގެން ހަދާފައިވާ ކަށްވަޅަކަށް ވެފައިވަނީ. ހަށިގަނޑުތައް ވަޅުލާފައި ހުރީ އެއްވެސް އިޙްތިރާމެއް ނެތި، ކޮތަޅުތަކަކަށް އަޅާލާފައި.” ސެލްމޯ ވިދާޅުވިއެވެ.

މި ކަށްވަޅުގައި ވަޅުލާފައިވަނީ ހައްޔަރުކޮށްފައި ތިބި މީހުންކަމަށް ފުރަތަމަ ހޯދުންތަކުން ދައްކާ ކަމަށާއި، ނަމަވެސް އަދި އެމީހުންނަކީ ކޮން ބައެއްކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ސެލްމޯ ފާހަގަކުރެއްވިއެވެ.

މި ކަށްވަޅު ފެނިފައިވަނީ 8 ޑިސެމްބަރުގައި ބައަތު ޕާޓީގެ ވެރިކަން ވެއްޓުމާ ގުޅިގެން ސީރިއާގައި ކުރިއަށްދާ ހޯދުމާއި އަނބުރާ ގެނައުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ.

ޓެގް

ސީރިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.