ބޭރުދުނިޔެ

އިޒްރޭލުން ބެއިރޫތަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތިން ލީޑަރަކު ޝަހީދުވެއްޖެ

އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިސް ތިން ލީޑަރަކު ޝަހީދުވެއްޖެއެވެ.

ފަލަސްތީނަށް ނިސްބަތްވާ ހަނގުރާމަވެރި މުޖާހިދުންގެ އެ ގްރޫޕުން ބުނީ އިޒްރޭލުން ބެއިރޫތަށް ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ތިން ލީޑަރުން ޝަހީދުވެފައިވާ ކަމަށާއި މިއީ އިޒްރޭލުން އެ ސަރަހައްދުގައި ހަމަސްއާ ދެކޮޅަށް ހަނގުރާމަ ތައް ވަރުގަދަ ކުރިފަހުން އެ ސިޓީގެ އެތެރޭގެ ސަރަހައްދަކަށް ދިން ފުރަތަމަ ހަމަލާ ކަމަށެވެ.

ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބަރޭޝަން އޮފް ފަލަސްތީން (ޕީއެފްއެލްޕީ) އިން ބުނީ އެ ތިން ލީޑަރުން ޝަހީދުކޮށްލާފައިވަނީ ބެއިރޫތުގެ ކޯލާ ޑިސްޓްރިކްޓަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ.

މިހަމަލާ ދީފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ކޮލާ ޑިސްޓްރިކްޓްގެ އެޕާޓްމަންޓް އިމާރާތެއްގެ މަތީ ފަންގިފިލާއަށް ކަމަށް ރޮއިޓާސްއިން ބުނެއެވެ. ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެއް މިކަމާ ގުޅިގެން ބުނެފައެއް ނުވެއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ލަޝްކަރާއި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތައް އިތުރުވަމުން ދިއުމުގެ ސަބަބުން މެދުއިރުމަތީގެ ހަނގުރާމަތައް ކޮންޓްރޯލް ނުވެ، ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

ޕީއެފްއެލްޕީ އަކީ އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާ ހަނގުރާމަވެރި އެހެން ޖަމާއަތެކެވެ.
ހޫތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޔަމަނުގެ ހުދައިދާ ބަނދަރަށް ދިން ވައިގެ ހަމަލާތަކުގައި ހަތަރު މީހުން މަރުވެ 29 މީހުން ޒަޚަމްވެފައިވާ ކަމަށާއި އެއީ ހޫތީން ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. ލުބުނާނުގައި އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 105 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ލުބުނާނުގެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، 6،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެކަމަކު އެއީ އާންމުންގެ ކިތައް މީހުން ކަމެއް ނުބުނެ އެވެ.

ސަރުކާރުން ބުނީ އާބާދީގެ ފަސްބައިކުޅަ އެއްބައި – މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close