ބޭރުދުނިޔެ ފަލަސްތީނުން ތެލްއަވީވަށް ރޮކެޓް ހަމަލާތަކެއް ދީފި

ފަލަސްތީނުން ތެލްއަވީވަށް ރޮކެޓް ހަމަލާތަކެއް ދީފި

ފަލަސްތީނުން ތެލްއަވީވަށް ރޮކެޓް ހަމަލާތަކެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލްގެ މެދުތެރެއިން ތެލްއަވީވް ސަރަހައްދަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ބުނެފިއެވެ.

އިޒްރޭލުން ބުނެފައިވަނީ 13 ރޮކެޓް ދެކުނު ގާޒާގެ ރަފާއިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ގިނަ ރޮކެޓްތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހުރަސް އެޅި ކަމަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

މިއީ މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ މެދުތެރެއަށް ހަމާސް އިން ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ރޮކެޓް ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބައެއް ސިޓީތަކުން ސައިރެންގެ އަޑު އިވިފައިވެއެވެ. އިޒްރޭލްގެ މީޑިއާ އިން ވަނީ ހަލާކުވެފައިވާ މިސައިލެއްގެ ބައިތަކެއް ދައްކާފައެވެ.

ރޮކެޓް ވެއްޓުމުން އުފެދުނު ކަމަށް ބެލޭ ބޮޑު ވަޅުގަނޑެއްގެ މަންޒަރުތަކެއް ވެސް އާއްމު ވެފައިވެއެވެ.

އިޒްރޭލުގެ މެދުތެރޭ ސަރަހައްދަށް ހަމަލާ ދިންކަން ހަމާސްގެ އަސްކަރީ ވިންގު ކަމުގައިވާ އިއްޒުއްދީން އަލް ގަސަމް ބްރިގޭޑްސް އިން ހާމަ ކުރީ އެމީހުންގެ ޓެލެގްރާމް ޗެނެލްގައެވެ.

ހަމާސްއިން އިޒްރޭލަށް ހަމަލާދީފައިވާއިރު، އިޒްރޭލްގެ ސިފައިން ރަފަހްގައި ދެމުންދާ ހަމަލާތައްވެސް އިއްޔެއާއި މިއަދުވަނީ ވަރުގަދަކޮށްފައެވެ.

ޓެގް

ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.