ޚަބަރު ވިއްސާރައިގައި އައްޑުއަށް ބޮޑު ގެއްލުމެއް

ވިއްސާރައިގައި އައްޑުއަށް ބޮޑު ގެއްލުމެއް

ވިއްސާރައިގައި އައްޑުއަށް ބޮޑު ގެއްލުމެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 97 ގެއަކަށް ފެންވަދެ ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރ (އެންޑީއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ޢިދާރާ މެޓް އޮފީހުން ފުވައްމުލަކަށާއި އައްޑު އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވާއިރު  މިއަދު އައްޑޫ އާއި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. މީގެ ސަބަބުން ގިނަ ގެތަކެއްގައި ވަނި ފެން ބޮޑު ވެފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމެންޓް ސެންޓަރ (އެންޑީއެމްއޭ)އިނވިދާޅުވީ، މި ހާދިސާގައި އައްޑޫގެ ހަތަރު އަވަށަކާއި ވަކިން އޮންނަ ހުޅުމީދޫގައިވެސް ފެންބޮޑުވެފައިވާ ކަމަށެވެ. މިގޮތުން މަރަދޫގެ 13 ގެއެއްގައި ފެންބޮޑުވެފައިވާއިރު  މަރަދޫފޭދޫގެ 5 ގެއެއްގައި ފެންބޮޑުވެފައިވެއެވެ. ހަމަ އެހެންމެ ފޭދޫގެ 60 ގެއެއްގައި ފެންބޮޑުވިއިރު، ހިތަދޫގެ ނުވަ ގެއެއްގެ ގޯތި ތެރޭގައި ފެންބޮޑުވެފައިވެއެވެ. އަދި ވަކިން އޮންނަ ހުޅުމީދޫގެ 10 ގެއެއްގައި ފެންބޮޑުވެފައި ވެއެވެ.

ފެން ބޮޑުވެފައިވާ ބައެއް ގެތަކުން ކަރަންޓް ކަނޑައިގެން ދިއުމުގެ އިތުރުން ތަފާތު އެހެނިހެން ގެއްލުންތައްވެސް ލިބިފައިވެއެވެ. ނަމަވެސް އެންޑީއެމްއޭއިން ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތަކަށް އަދި ގޮސްފައި ނުވާ ކަމަށެވެ.

ޓެގް

އައްޑޫސިޓީ މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.