ޚަބަރުކުޅިވަރު

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 – ނަންމަޝްޙޫރު ޓީމުތަކާއި ދެކޮޅަށް މާގަދަ ޓީމެއްނެތް

ދުނިޔޭގައި ކުޅެވޭ އެންމެ ފޯރިގަދަ އެންމެ ވާދަވެރި ކުލަބު ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުއަތުލުން ރޭގައި ބޭއްވުނު އިރު ދުނިޔޭގެ އެންމެ ނަންމަޝްޙޫރު ޓީމުތައް ބައްދަލުކުރަން ޖެހުނީ ދުނިޔޭގެ ނިސްބަތުން އެހާ ނަން މަޝްހޫރު ޓިމްތަކަކާއި ނޫނެވެ.

ރޭގެ ގުރުއަތުން ޓީމުތައް ބައްދަލުކުރަން ހަމަޖެހުނު ގޮތުން އެންމެ ޝަޢުޤުވެރި މެޗެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަނީ ސްޕެއިންގެ  ބާސެލޯނާ އާއި އިޓަލީގެ ނަޕޯލީއާ ބައްދަލުކުރަން ޖެހުނުމެޗެވެ. މި ދެޓީމު ބައްދަލުކުރާ ގޮތައް ޖެހުނު އިރު ފާހަގަކޮށްލެވޭ ކަމަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އަދި އެޓީމުތައް ކުޅެމުން އަންނަ ޤައުމީ ލީގުތަކުގައި ވެސް އެންމެ އެކަށީގެންވާ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދާކަމެވެ.

ރޭގެ ގުރުއަތުލުމުން ޓީމުތައް ބައްދަލުކުރަން ޖެހޭ ގޮތައް ބަލާއިރު މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ނުކުންނާނީ ކޯޕަންހޭގަންއާއި ދެކޮޅަށެވެ. އެންމެ ފަހުގެ ރަނައަޕް އިންޓަ މިލާނުން ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ނުކުންނާނީ ލައިޕްޒިގާ ދެކޮޅަށެވެ. ފުރާންސްގެ ގަދަ ބާރު  ޕީއެސްޖީން ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ. ޖަރުމަރުގެ އެންމެ ކާމިޔާބު ޓީމު ބަޔާން ނުކުންނާނީ ލާޒިއޯއާ ދެކޮޅަށެވެ. އިނގިރޭސި ލީގުގެ އެންވަނާގައި މިވަގުތު އޮތް  އާސެނަލް ނުކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. އަދި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ނުކުންނާނީ ޕީއެސްވީ އައިންދޯވަނާ ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން ފުރަތަމަ ލެގު އޮންނާނީ ފެބުރުއަރީ 13 އަދި 14 ގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close