ޚަބަރުސިޔާސީ

މިމަހު 23 ގައި ބާއްވަން ނިންމި ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ ފަސްކޮށްފި

ޕީޕީއެމް- ޕީއެންސީގެ ފަރާތުން މިއަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެކޯލިޝަނުގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕަރައިމަރީގެ ވޯޓްލުން އަންނަމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.  

ޕީޕީއެމް- ޕީއެންސީގެ ފަރާތުން މި ގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ އެފަރާތުން މިރޭ ކުރި އިޢުލާނެއްގައެވެ. މި އިޢުލާނުގައި ބުނެފައިވަނީ 23 ޑިސެމްބަރު ސްކޫލު ބަންދު ދުވަސްވަރާއި ދިމާވުމާއި އެކު ގިނަ އަދަދެއްގެ މީހުން އެކިއެކި ބޭނުންތަކަށާއި އުމްރާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާތީ، އެ ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި އާންމު މެމްބަރުންގެ އެދުމުގެ މަތިން އަންނަ މަހުގެ 20 ވަނަ ދުވަހަށް ޕަރައިމަރީ ލަސްކުރީ ކަމަށެވެ.

ކުރިއަށް އޮތް ރައިޔިތުންގ މަޖިލިސް އިންތިހާބުގައި ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން މަޖިލިހުގެ މެޖޯރިޓީ ނެގުމަށް މަސައްކަތް ކުރަމުންދާއިރު މި އިންތިހާބުގައި އެކޯލިޝަނުގެ ފަރާތުން ވާދަކުރުމުގެ ޝަޢުޤުވެރިކަން ފާޅުކޮށް ޕްރައިމަރީގައި ވާދަކުރުމަށް 354 ފަރާތަކުން މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެތެރެއިން 10 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީ ޓިކެޓް އެދާއިރާތަކުން ކަށަވަރުވެފައެވެ.

ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން އެފަރާތްތަކުން ވާދަކުރާ ދާޢިރާތަކުގެ ތާޢީދު ހޯދުމުގެ މަސައްކަތްތައް ފަށައި ކެންޕެއިންކުރުން ބާރަށް ކުރިއަށް ގެންދަން ފާށާފައެވެ. ހަމަ އެހެންމެ ސިޔާސީ އެހެން ޕާރޓީތަކުން ވާދަކުރާ ކެންޑިޑޭޓުންވެސް ވަނީ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close