ސިޔާސީ އެންމެފަހުން މިވަގުތަށް ސިޔާސީ ކަންކަމުން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގެންފި

އެންމެފަހުން މިވަގުތަށް ސިޔާސީ ކަންކަމުން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގެންފި

އެންމެފަހުން މިވަގުތަށް ސިޔާސީ ކަންކަމުން ރައީސް ނަޝީދު ދުރަށް ޖެހިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިފަހަކަށް އައިސް ސިޔާސީގޮތުން އެތައް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު އެންމެފަހުން މިވަގުތަށް ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެންފިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ރައީސް ނަޝީދު ވަގުތީ ގޮތުން ސިޔާސީ މައިދާނާއި ދުރަށް ވަޑައިގަންނަވާކަން އިޢުލާނު ކުރައްވާފައި މިވަނީ ސިޔާސީ ގޮތުން އެމަނިކުފާނު ވަރަށް ބޮޑަށް އެކަހެރިވެފައިވާ ދުވަސްވަރެއްގައެވެ.

މިވަގުތުވެސް މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު ސިޔާސީ ދާއިރާއާއި ދުރަށް ވަގުތީގޮތުން ޖެހިވަޑައިގަންނަވާކަން އިޢުލާނު ކުރައްވާ މިރޭ އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގަންނަވަނީ އަހަރުތަކަކަށް ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ވާދަ ނުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވަގުތީގޮތުން އެމަނިކުފާނު  ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަވާ ސަބަބެއްގެ ގޮތުގައި ވަނީ ދާދިފަހުން އެމަނިކުފާނު އައްޔަން ކުރެވުނު ދުނިޔޭގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނަރަލްކަން ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށެވެ. ކުރިއަށް އޮތް ޖަނަވަރީ މަހުން ފެށިގެން އެ ވަޒީފާ އަދާކުރަން ފައްޓަވާނެކަމަށްވެސް އެމަނިކުފާނު ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ޖަމާއަތުގެ ވަޒީފައި ހުންނަވައިގެން ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާއަށް ތަނަވަސްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ މިރޭގެ މި ތާރީޙި ބަޔާނުގައި ސިޔާސީގޮތުން އެމަނިކުފާނު ކުރެއްވި ގިނަގުނަ ތަޖުރިބާތައް ޚުލާސާގޮތެއްގައި ވަރަށް ފުރިހަމައަށް ހިމަނުއްވާފައިވެއެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.