ޚަބަރު

މިރޭވެސް އައްޑޫއަށް ފެންދޫކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ – ފެނަކަ

އައްޑޫ އާއި ގުޅިފައިވާ ރަށްތަކަށް ފެނަކައިން ދޫކޮށްފައިވާ ފެނުގެ ޚިދުމަތް ކެނޑިފައި ހުންނަތާ މިއަދަށް ތިން ދުވަސް ވީއެވެ. އަދި މި ދެ ދުވަސް ވޭތުވަމުން މިދަނީ ފެނުގެ ޚިދުމަތް ކެނޑެން މެދުވެރިވި ކަންތައް ހައްލުކޮށް ފެން ފޯރުކޮށްދެވޭތޯ ބެލުމުގެ މަސައްކަތް ފެނަކައިން ކުރުމުގައެވެ.  މިގޮތުން ވެރިރަށް މާލެއިން ދެ ވަނަ ފަހަރަށް ސްޕެއާ ޕާޓްސް ގެނެސް، އަލުން ފެނުގެ ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ.

މާލެ ފިޔަވާ ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅެމުން ގެނަދާ އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ދޭ ފެން  ޕްލާންޓުން ހަލާކުވީ، އެ ޕްލާންޓުގެ ވީޑީއެފް ޕަމްޕެވެ. އެއީ ފެން ފޯރުކޮށްދޭ ސިސްޓަމުގެ ފެން ރެގިއުލޭޓް ކުރާ ބަޔެވެ. ފެން ދޫކުރާ މިންވަރާއި ބާރުމިން ރެގިއުލޭޓް ކުރާނީ އެ ބައި ބޭނުންކޮށްގެނެވެ. އެ ބައި ހަލާކުވެގެން މުޅި އައްޑޫއިން ފެން ކެނޑުނީ މި މަހުގެ 7 ވީ ބުރާސްފަތި ދުވަހު މެންދުރެވެ.

މިކަންތައް ހައްލުކުރުމުގެ މަސައްކަތް ކުރާކަމަށް ، މަސައްކަތުގެ ފޮޓޯއަކާއި އެކު ފެނަކައިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު އަލުން ފޮނުވުނު ވީއެފްޑީ އާއެކު، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދާކަމަށެވެ.

ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ފެން ދޫކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކަމަށްވާ ވީޑީއެފް ޕަމްޕު އިންސްޓޯލް ކުރުމަށްފަހު ފެން ޕްލާންޓަށް ކޮންފިގާކޮށް، ޕްރޮގްރާމް ކުރުމުގެ މަސައްކަތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close