ޚަބަރު އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.

ފުލުހުން ބުނީ ރޭ 23:38 އެހާކަން ހާއިރު އައްޑޫ ސިޓީ މަރަދޫގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާ އަށް ލިބުނު އަނިޔާ ތަކަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގަން މެދުވެރިވީ މަަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އެވަގުތު ހަމާލާ ދިން މީހާ ހުރީ މަސްތުގެހާލަތުގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޓެގް

މަރަދޫ އައްޑޫސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.