ޚަބަރު

ލަންދޫ ކައުންސިލްގެ ޕިކަޕްގައި ރޯކޮށްލައިފި

ނ.ލަންދޫގައި ރައްކާތެރި ގޮތުގައި ކުނިނައްތާލައި ކުނިމެނޭޖް ކުރުމަށްޓަކައި ލަންދޫކައުންސިލުން ކުރިއަށްގެންދާ ޕްރޮގްރާމްގައި ބޭނުންކުރުމަށް ގެނައި ޕިކަޕްގައި ރޯކޮށްލައިފިއެވެ.

ރޭފަތިހު ގާތްގަނޑަކަށް 4:00 ހާއިރު ހިނގި މިހާދިސާގައި ޕިކަޕްވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ރޭ ރޯކޮށްލި މި ޕިކަޕަކީ ބްރޭންޑް ނިއު އަދި ވަރަށްފަހުން ލަންދުއަށް ގެނައި ޕިކަޕެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕިކަޕް ލަންދުއަށް ގެނައިފަހުން އަދި ދެމަސްވެސް ނުވާނެއެވެ.

އަލިފާން ރޯކޮށްލިއިރު ޕިކަޕް ޕާކްކޮށްފައި އޮތީ ކައުންސިލް އިދާރާއާއި ވަރަށް ކައިރީގައި ހުރި ފަޅުގެއެއްގެ ގޯތިތެރޭގައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ފަށައިފާ ވާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ލަންދޫ ޕޮލިސް ސްޓޭޝަނުން ބުނީ ލިބެންހުރި ހުރިހާ ވޞީލަތެއްގެ ބޭނުންކޮށްގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށެވެ.

ލަންދޫގައި ރައްކާތެރި ގޮތުގައި ކުނިނައްތާލައި ކުނިމެނޭޖް ކުރުމަށް ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ އިދާރީ ހުރިހާ މަސައްކަތެއް ނިމި އެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެފައިވަނިކޮށް ޕިކަޕްގައި ރޯކޮށްލުމަކީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހުރަހެއް ކުރިމަތިވާނެކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close