ކުޅިވަރު

ސަސްޕެންޝަނަށްފަހު މެސީގެ ފުރަތަމަ މެޗަށް މިރޭ ނިކުންނާނެ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ލީގު އެކެއްގައި މިރޭ އޭސީ އަޖަޗިއޯއާ ދެކޮޅަށް ކުޅޭ މެޗުގައި ލިއޮނަލް މެސީ ކުޅެން ނުކުންނައިރު، އޭނާ މިރޭ ކުޅޭނީ ކްލަބުން އޭނާ އަށް ދިން ސަސްޕެނަށްފަހު ކުޅޭ ފުރަތަމަ މެޗްގެގޮތުގައި ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއާ ބުނެފިއެވެ.

“އަންގާރަ ދުވަހު އޭނާއާ އަހަރެން ވާހަކަ ދެއްކިން، އޭނާގެ ވިސްނުމަކީ ކޮބައިތޯ ބަލަން، އަހަރެންނަށް އެނގުނީ އޭނާ ކުޅެން ތައްޔާރުވެގެން ވަރަށް އަޒުމް ކަނޑައަޅައިގެންކަން ،” ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލްޓިއާ ބުންޏެވެ.

ކްލަބްގެ ހުއްދަނެތި ސައުދީ އަރަބިއްޔާއަށް ދަތުރެއް ކުރުމުން، މެސީގެ ޓްރެއިނިން ސެޝަނެއް ގެއްލުމުން ސަސްޕެންޑް ކުރުމުން މެސީ އެނބުރި ޕްރެކްޓިހަށް ނުކުތީ މިދިޔަ ހޯމަ ދުވަހުއެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ އެ ދަތުރު ކުރުމުން ފަހު ދެ ހަފުތާއަށް ސަސްޕެންޑްކުރީ މިދިޔަ މަހު ލޮރިއަންޓް އަތުން 3-1 އިން ލީގު އެކެއްގެ ލީޑަރުން ބަލިވި މެޗަށް ފަހު ސްކޮޑާއެކު ތަމްރީނުތައް ހަދަން ހަމަޖެހިފައި ވަނިކޮށެވެ.

މިދިޔަ ހުކުރު ދުވަހު ޕީއެސްޖީ އާއި އޭނާގެ ޓީމުގެ ބައިވެރިންގެ ކިބައިން މެސީ މައާފަށް އެދިފައިވާއިރު، އޭގެ ދެ ދުވަސް ފަހުން ދެ ވަނަ އަށް އޮތް މެޗްގައި ޓްރޯއިސް އަތުން 3-1 އިން މޮޅުވި މެޗަށް މެސީ ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ޕީއެސްޖީ އޮތީ ލެންސަށް ވުރެ ހަ ޕޮއިންޓްގެ ފަރަގެއް އަދި ތިން ވަނައިގައި އޮތް އޮލިމްޕިކް ޑި މާސޭ އަށްވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.

ޕީއެސްޖީގައި މެސީގެ މުސްތަގުބަލާ މެދު ދާދި ފަހުން ގިނަ ބައެއްގެ ފާޑުކިޔުން ތައް އަމާޒުވެފައިވާއިރު މެސީގެ ގާތް ބޭފުޅަކު ރޮއިޓާސްއަށް ވިދާޅުވީ އަންނަ ސީޒަނުގައި ސައުދީ އަރަބިއާގެ ކްލަބް އަލް ހިލާލްއާ ގުޅުމަށް މެސީއަށް ރަސްމީކޮށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކުޅުންތެރިޔާގެ ފޯކަސް ހުރީ ފްރާންސްގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށް ގަލްޓިއާ ބުންޏެވެ.

އޭނާ ހުރީ އެ ތަށި ހޯދަން ވަރަށް ޝައުގުވެރިވެފައި،” ކޯޗު ބުންޏެވެ.

ޗެމްޕިއަންސް ލީގާއި ފްރެންޗް ކަޕްގެ ކުރީކޮޅު އެލިމިނޭޝަންތަކާ ކުރިމަތިލާން ޖެހުނު ޕީއެސްޖީގެ ސީޒަން އޮތީ އުންމީދުކުރި ވަރަށް ވުރެ ދަށްކޮށެވެ.

ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސްޓޭޑް ޑި ރެއިމްސް ބަލިކޮށްފިނަމަ ލެންސް ޕީއެސްޖީއަށް ވުރެ ވަގުތީ ގޮތުން ތިން ޕޮއިންޓް ފަހަތަށް ޖެހިލާނެއެވެ.

ޕީއެސްޖީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close