ޚަބަރު

މުއިއްޒަށް ކެމްޕޭން ކޮށްދޭކަމުގެ ތުހުގައި ކައުސިލަރ ރަމީޒު ސުލޫކީ ކޮމިޓީއަށް ހާޒިރުކޮށްފި


ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮށް ޕީޕީއެމްގެ ޓިކެޓްގައި ނިކުތުމަށް މާލޭ ސިޓީގެ ކައުސިލަރ އާދަމް ރަމީޒު މޭޔަރު މުއިއްޒުއަށް ކެމްޕޭން ކޮށްދޭ ކަމަށްބުނެ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް އޭނާ ހާޒިރުކޮށްފިކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މި މައްސަލާގައި ރަމީޒް ސުލޫކީ ކޮމިޓީއަށް މިއަދު މެންދުރު ހާޒިރުކޮށް ވަނީ ބަޔާންވެސް ނަގާފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނިކޮށް އެހެން ފަރާތަކަށް ކެމްޕޭން ނުކުރާކަމަށް ހެކިބަސް ދެއްކެވުމަށް ރަމީޒުވަނީ ޕީޕިއެމްގެ ބައެއް ސެނެޓަރުން ސުލޫކީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މިމައްސަލާގައި ސުލޫކީ ކޮމިޓީން ރަމީޒާއި ކޮށްފައިވާ ސުވާލަކީ ޔާމިންގެ ކެނޑިޑަސީއަށް އަސަރު ކުރާގޮތަށް ޕީޕީއެމްގެ ސެނެޓަރުންނާއި ވާހަކަ ދައްކާ އަދި އެކި ތަންތަނުގައި ވާހަކަ ދައްކާތޯއެވެ. އެހެންނަމަވެސް ރަމީޒު މި ތުހުމަތުތަކަށް އިންކާރު ކުރެއްވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒުއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ 9:30 އަށް ސުލޫކީ ކޮމިޓީއަށް ހާޒިރު ވާނެއެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަމީޒު ސުލޫކީ ކޮމިޓީއަށް ހާޒިރު ކޮށްފައިވަނި، 11 އަހަރަށް ޖަލަށް ލާފައިވާ ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިންގެ ނޯޓަކުން އެމައްސަލަ ބެލުމަށް އަންގަވައިގެންނެވެ. އަދި ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބެލި ނަމަވެސް، މިމައްސަލައިގެ ހަގީގީ އަމާޒަކީ މޭޔަރު މުއިއްޒު ޕީޕިއެމްގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ މުއިއްޒުގެ ފިޔަ ކޮށާލުން ކަމަށްވެސް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close