ޚަބަރު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު އިނގުރައިދޫއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު އިނގުރައިދޫއިން މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު އިނގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

އިނގުރައިދޫން ހައްޔަރުކުރި މީހާއަކީ ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރި ކުރަމުން ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އިނގުރައިދޫގައި ގާއިމުވެ އޮންނަ ފުލުހާއި އިންޓެލިޖެންސް ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެށި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ އިނގުރައިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އޭނާގެ އަތުން ފުލުހުން ވަނީ ހޯދައިފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޓެގް

އިނގުރައިދޫ މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.