ޚަބަރު މަނަދޫ މަރު: ނައީމާގެ ހަށިގަޑު ވަޅުލައިފި، ތަހުގީގު ދަނީ ކުރިޔަށް

މަނަދޫ މަރު: ނައީމާގެ ހަށިގަޑު ވަޅުލައިފި، ތަހުގީގު ދަނީ ކުރިޔަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނިފައިވާއިރު، އެ ހަށިގަނޑު މިއަދު ހަވީރު މަނަދޫގައި ވަޅުލައިފިއެވެ.

ނައީމާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ހަށިގަޑު ވަޅުލާފައިވަނީ މިއަދުގެ ހަވީރު 17:20 ގައެވެ. ފުލުހުން ބުނީ ނަޢީމާގެ ހަށިގަޑު ވަޅުކާފައިވަނީ، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހުއެވެ.

ނައީމާގެ މަރުގެ ތަހުގީގަށް ފުލުހުން އަދިވެސް މަނަދޫގައި ހަރަކާތްތެރިވަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުންނަށް އެގުމަކާއިނުލާ މަނަދޫއިން އެއްވެސް މީހަކު ފުރުން ނުވަތަ އެތަށް އެރުންވެސް ވަނީ މަނާކޮށްފައެވެ.

މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުން އައި އެ ރަށު އަންނާރުމާގެ، ނައީމާ މޫސާ 62، ހަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް އެންގިއެވެ. އަދި އެ ގެއަށް ގޮސް ދޮރު ވައްޓާލައިގެން ބެލި އިރު، ނައީމާ އޮތީ ބިންމަތީގައި މަރުވެފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅި ހަރައިފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ތިބީ މަނަދޫގައެވެ.

ނައީމާއަކީ ރަށު ކައުންސިލްގެ ވަޒީފާގައި ރަށު ތެރެެ ކުނި ކަހައި ސާފުކޮށް އުޅޭ މީހެކެވެ. އޭނާގެ ތިން ކުދިން ތިބެއެވެ. ނައީމާ ދިރިއުޅެމުން ދިޔައީ، އޭނާގެ ރަޖިސްޓްރީ ވެސް އޮންނަ ގޭގައި ކަމަށްވެއެވެ.

ޓެގް

މަނަދޫމަރު މަރު މަނަދޫ މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.